ދިވެހިރާއްޖެ
މި އިޢުލާންވަނީ 04 ސެޕްޓެންބަރު 2022 09:27 ގައި ބާތިލް ކުރެވިފައެވެ.
(IUL)403-A/403/2022/145: ނަންބަރު
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާގެ ނަންބަރ(IUL)403-A/403/2022/138 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޤާމަށް އެދި ކުރިމަތިލާފައިނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
މަޤާމް: |
ކައުންސިލް އެސިސްޓެންޓް |
|
|||||||||||
މަޤާމުގެ ނަންބަރު: |
J-354879 |
|
|||||||||||
ބޭނުންވާ ޢަދަދު: |
1 |
|
|||||||||||
މަޤާމުގެ ގިންތި: |
ވަގުތީ ( 1 އަހަރު) |
|
|||||||||||
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
|
|||||||||||
މަޤާމުގެ ކުލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|
|||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ |
|
|||||||||||
މުސާރަ: |
3,100.00 ރުފިޔާ |
|
|||||||||||
ސަރވިސް އެލަވަންސް: |
1000.00 ރުފިޔާ |
|
|||||||||||
އެހެނިހެން އެލަވަންސް: |
- ސަޕޯޓިންގ ކޯ އެލަވަންސް2: 1200.00 ރުފިޔާ - ސިވިލް ސަރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި، ވަޒީފާ އާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. - ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ. |
|
|||||||||||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ( ދަޅު، ބިއްލޫރި، ދަގަނޑު ) ފަދަ ތަކެތި ވަކިކުރުމަށް ފަހު ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކުނިނައްތާލުމުގެ މަސައްކަތް ކުރުން. 2. ކޮންމެ ދުވަހަކުވެސް ކުނިނެގުމަށް ހަމަޖެހިފައިވާ އުޞޫލުން ކުނިނަގައި ނިމުމަށް ފަހު ކުނިއުފުލުމުގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލް އަދި އެހެނިހެން ސާމާނު ދޮވެ ސާފުކުރުމާއި، މަސައްކަތަށް ބޭނުންކުރި ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުން. 3. ކުނިއެންދުމުގައި މީހުންނަށް އުނދަގޫ ނުވާނެގޮތަށް ކުނި އެންދުމާއި، ކުނި އަންދާ ނިމުމުން އަޅިނަގާ އަންދާ އަށި ރީތިކޮށް ސާފުކުރުމާއި، ކުނި އެންދުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ސާފުކުރުން. 4. ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނެގުމުގައި ވީހާވެސް މީހުންގެ ތަކެއްޗަށާއި ތަންތަނަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ކުނިނެގުމަށް ސަމާލުކަން ދިނުމާއި، ކުނިއުފުލާ ވެހިކަލަށް އަރަންޖެހޭ އަދަދަށްވުރެ އިތުރަށް މީހުން ނޭރުމާއި، ވެހިކަލާއި ތަކެއްޗަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރުން. 5. ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކޮންޕޯސްޓް ތައްޔާރުކުރުމާއި، ކޮންޕޯސްޓް ފުރޭނުން އަދި ކޮމްޕޯސްޓު ވިއްކުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން. 6. ވޭސްޓުމެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ބޭރު ކުނިކަހައި ގަސްއުފުރާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ބައިވެރިވެ އެމަސައްކަތް ކުރުން. 7. ވޭސްޓުމެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރަން ބޭނުންކުރާ ވެހިކަލް އަދި މެޝިނަރީސް ފަދަ އެންމެހާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން. 8. ސްޕަވައިޒަރު ޗުއްޓީ ނަގާ ޙާލަތްތަކުގައި ސްޕަވައިޒަރުގެ މަސްޢޫލިއްޔަތު އަދާކުރުމާއި، ޑްރައިވަރެއް ނެތިއްޖެ ޙާލަތެއްގައި ވެހިކަލް ދުއްވުމުގެ މަސައްކަތް ކުރުން. 9. ކުނިކޮށީގައި މަސައްކަތްކުރާ އެހެން މުވައްޒަފުން ޗުއްޓީ ނަގާ ހާލަތްތަކުގައި އެމުވައްޒަފެއްގެ މަސައްކަތް ސްޕަވައިޒަރ އަންގާ އުސޫލެއްގެ މަތިން ކުރުން. 10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 11. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. |
|
|||||||||||
މަޤާމްގެ ޝަރުތުތައް: |
ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
ނުވަތަ،
ނުވަތަ،
|
|
|||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
|
|||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %70 (ހަތްދިހަ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
|
|||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. ނޯޓް: އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލްގައި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ނަމާއި މަޤާމްގެ ނަންބަރު ޖެހުމަށް ދަންނަވަމެވެ. |
|
|||||||||||
ޝޯޓްލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
|
|||||||||||
އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ 15 ސެޕްޓެމްބަރ 2022 އާއި 22 ސެޕްޓެމްބަރ 2022 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއު އާއި އިމްތިޙާނަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ. |
|
|||||||||||
''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' ޢާންމުކުރުން: |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
|||||||||||
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ '' އައްޔަންކުރުމުގެ އުޞޫލާގުޅޭ'' (http://www.csc.gov.mv/recruitment-usool) އިން ލިބެން ހުންނާނެއެވެ. |
||||||||||||
08 ޞަފަރު 1444