މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ހިއުމަން ރިސޯސް އޮފިސަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ހ.ޒޮނޭރިއާ ބިލްޑިންގް، 03 ވަނަ ފަންގިފިލާ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 11،490ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ 2500ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ 1500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ބެޗެލާސް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު އިނގިރޭސި، ދިވެހި މާއްދާއިން ފާސްވެފައިވުން، އަދި މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމެންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއިއެކު އިނގިރޭސި، ދިވެހި މާއްދާއިން ފާސްވެފައިވުން، އަދި  މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • އޭލެވެލް ފުރިހަމަކޮށްފައިވުމާއިއެކު އިނގިރޭސި، ދިވެހި މާއްދާއިން ފާސްވެފައިވުމާއިއެކު 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • އިނގިރޭސި، ދިވެހި  މާއްދާ ހިމެނޭގޮތަށް ޖިސީއީ އޯލެވެލް 08 މާއްދާއިން ފާސްވެފައިވުމާއިއެކު 04 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2022 ސެޕްޓެމްބަރ 04 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2022 ސެޕްޓެމްބަރ 05 ން 2022 ސެޕްޓެމްބަރ 17 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.  
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.  
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކާއިއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.  
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ. 

01 ސެޕްޓެމްބަރ 2022

01 ސެޕްޓެންބަރު 2022
ހޯދާ