މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ނޫސްވެރިކަމުގެ އެވޯރޑް ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

 މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުންގެންދާ ނޫސްވެރިކަމުގެ އިނާމް ހަފްލާއަށް، ނޫސްވެރިކަމުގެ އެވޯރޑް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.            

 ވީމާ، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ.

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ މައުލޫމާތާ އެއްގޮތަށް 12 ސެޕްޓެންބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިބީލަމާ ގުޅޭ މައުލޫމާތު ޝީޓް މިއިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

05   ޞަފަރު  1444 

01 ސެޕްޓެންބަރު 2022
ހޯދާ