ލ. ފޮނަދޫ މަސްޖިދުލް އުލާގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިކައުންސިލްގެ ނަންބަރު އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ -/150ރ އެވެ. (ކުރީގެ އިއުލާނާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން އަލުން ބީލަމުގައި ރަޖިސްޓްރީވާކަށް ނުޖެހޭނެއެވެ.)
- ރަޖިސްޓްރީ ވުމަށްޓަކައި 08 ސެޕްޓެމްބަރ 2022 (ބުރާސްފަތި) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://bit.ly/3wJZnAG
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 07 ސެޕްޓެމްބަރ 2022 (ބުދަ) ދުވަހުގެ 14:00 ގައި މަސްޖިދުލް އުލާގެ ގޯތިތެރޭގައި އޮންނާނެއެވެ.
- ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 15 ސެޕްޓެމްބަރ 2022 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2022 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|