ދިވެހިރާއްޖެ
މިރަށު ނާބަން ސަރަހައްދުގެ ހުޅަނގު ފަރާތުން، ފައިބަރު މަސައްކަތްތައް ކުރުމަށް ބީލަމުގެ އުސޫލުން 12000 އަކަފޫޓުގެ 1 ބިމާއި، 3250 އަކަފޫޓުގެ 2 ބިން، 15އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
މި ބިމަށް ކުރިމަތިލެވޭނީ ލ. ކަލައިދޫގެ އުމުރުން 18 އަހަރުން މަތީގެ ރަށްވެހިންނަށާއި، ލ. ކަލައިދޫގެ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި(ޕާރޓްނަރޝިޕް)/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓްތަކަށާއި އަދި މިފަދަ ވިޔަފާރިއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުން ފެށިގެން 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިއަށް، މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް -/200 ރުފިޔާ (ދުއިސައްތަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 12 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 މިއިދާރާގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.
ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ފޯމާއި، މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ފައިބަރު މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި އިޢުލާނާއި ގުޅޭ ރަޖިސްޓްރީ ފޯމް ލިންކް: