މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯއާއި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކޮށްދިނުން

މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ލޯގޯއާއި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.  

ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކޮށްފައި ވާނެ އެވެ. އަދި  މި ކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ކަރުދާސް ފޯރުކޮށް ދެވޭނެ އެވެ.

ހުށަހެޅުންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ޝަރުޠުތައް ހަމަވާ އަދި އެންމެ ރަނގަޅުކަމަށް ކައުންސިލުން ކަނޑައަޅާ ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރެއްވި ފަރާތަކަށް  10,000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފަ އެވެ.

ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ހުށައެޅުމުގެ ސުންގަޑި

ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާއި ކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަކެތި ހުށައަޅާނީ 2022 ސެޕްޓެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށެވެ.  

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 6600002 އަށެވެ.

01 ސެޕްޓެންބަރު 2022
ހޯދާ