މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރުކޭޓުން ގޮޅިއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ގޮޅި ދޫކުރުމާ ގުޅޭ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށް އެކި ފަރާތްތަކުން އެދެމުންދާތީ، މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ގޮޅި ޙަވާލުކުރުމާއި، ގުރުއަތުލުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މި ކައުންސިލުން 31 އޮގަސްޓް 2022 ގައި ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)425-CB/1/2022/235  ބާތިލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ޝަކުވާ ހުށަހެޅުމަށް 08 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލެފިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. އަދި ގުރުއަތުލުން ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމުގައި ދެންނެވީމެވެ.

01 ސެޕްޓެންބަރު 2022
ހޯދާ