ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ވިޔަފާރީގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް މި ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފާމް ޓު ޕްލޭޓް އިންކިއުބޭޝަން ޕްރޮގްރާމް ގެ އޮޕަރޭޝަނަލް ފްރޭމްވޯކް، މި އިޢުލާނާއެކު ހިމަނައިފައިވާ ޓާމްސް އޮފް ރެފަރެންސްއާއި އެއްގޮތަށް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުރުން |
ހޯމަ |
12 ސެޕްޓެންބަރު 2022 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
ބުރާސްފަތި |
15 ސެޕްޓެންބަރު 2022 |
15:00 |
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.
01 ސެޕްޓެންބަރު 2022