މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ބޭނުމަށް، ލ.ގަމު ފުލުހުންގެ މަރުކަޒުގައި މަސައްކަތްކުރައްވާ ފުލުހުންނާއި ޤައިދީންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ޖުލައި 2014ގައި ކުރެވުނު އިޢުލާން ނަންބަރު IUL)13-K/13/2014/236) އާ ގުޅިގެން މި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ބިޑްތައް ބާޠިލުކޮށް، މި ދެ މަރުކަޒުގައި ތިއްބަވާ ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގައި ނުވަތަ ލ.ގަން ފުލުހުންގެ މަރުކަޒުގައި 4 ނޮވެންބަރު 2014ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.

3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 05 ނޮވެންބަރު 2014ވާ ބުދަ ދުވަހުގެ 11:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އެރަށެއްގެ ޕޮލިސް ސްޓޭޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 13 ނޮވެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 12:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އެރަށެއްގެ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅަންވާނީ އެފަރާތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރި މަރުކަޒަކަށެވެ.

4. މި ޕްރޮޖެކްޓުގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

5. މި ޕްރޮޖެކްޓްތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6.  ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަސް ވަންދެން އެކްސްޕީރިއެންސްގެ ބަޔަށް މާކްހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

8. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މި ޕްރޮޖެކްޓުގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

21 އޮކްޓޫބަރު 2014
ހޯދާ