މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް

 ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް، ތިރީގައި މިދަންނަވާ ރަށްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި، ކުށުގެ ތުހުމަތުގައި ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

1

ބ. އޭދަފުށި - ރީޓެންޑަރ

TEB/2013/91

2

ތ. ތިމަރަފުށި - ރީޓެންޑަރ

TEB/2014/121

2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގައި ނުވަތަ އެރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި 05 ނޮވެންބަރު 2014ވާ ބުދަ ދުވަހުގެ 14:30 ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.

3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 13:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އެރަށެއްގެ ޕޮލިސް ސްޓޭޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 16 ނޮވެންބަރު 2014ވާ އާދީއްތަ ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އެރަށެއްގެ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅަންވާނީ އެފަރާތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރި މަރުކަޒަކަށެވެ.

4. މި ޕްރޮޖެކްޓުގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

5. މި ޕްރޮޖެކްޓްތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަސް ވަންދެން އެކްސްޕީރިއެންސްގެ ބަޔަށް މާކްހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

8. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މި ޕްރޮޖެކްޓުގެ މަޢުލޫމާތުޝީޓުގައި ހިމެނިފައިވާނެއެވެ.

21 އޮކްޓޫބަރު 2014
ހޯދާ