މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަސްޓަމްސް އިމާރާތް ސާރވޭކޮށްދޭނެ ފަރާތެއް ހޯދަން
ކަސްޓަމްސް އިމާރާތް ސާރވޭކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2014/104) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:30 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
27 ޛުލްޙިއްޖާ 1435
21 އޮކްޓޫބަރު 2014
ހޯދާ