ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމާއި ގުޅޭ.

2013 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ކުޑަހުވަދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމާއި ގުޅޭ.

        ކުޑަހުވަދޫ ބަނދަރު ސަރަހައްދުގެ، ކައުންސިލްގެ އިހްތިސޯސް ތެރޭގައި ހިމެނޭ ބިންތަކުގައި ހުރި ސިޔާސީ ޕާޓީތަކުން ބަހައްޓާފައިވާ ތަކެތީގެ ތެރެއިން ކައުންސިލުން ތަކުރާރުކޮށް އެންގުމުންވެސް ނުނެގުމުން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، އެތަކެތީގެ ވެރިފަރާތެއްވާނަމަ، އެތަކެއްޗަކީ އެފަރާތެއްގެ މިލްކިއްޔާތެއްކަން އެނގޭނެފަދަ ހެކި ކައުންސިލަށް ހުށަހަޅައި، 2022 އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ކުޑަހުވަދޫ ކައުންސިލަށް ދުރުވެ ތަކެއްޗާއި ހަވާލުވެލެއްވުމަށް ދަންނަވަމެވެ.

           ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ތަކެއްޗާއި ހަވާލުވާނެ ފަރާތެއް ނެތްނަމަ، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ތަކެއްޗާއިމެދު ޢަމުލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

31 އޮގަސްޓް 2022
ހޯދާ