ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ގޮޅި ޙަވާލުކުރުމާއި، ގުރުއަތުލުން 05 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ރޭގަނޑު 21:00 ން ފެށިގެން މާފަންނު މަދުރަސާ ޕްރީސްކޫލްގެ ފަހަތުގައި ވާ މި ކައުންސިލްގެ މީޑިއާ ސެންޓަރގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެކިސަބަބުތަކާހުރެ ގުރުއަތަށް ހާޞިރު ނުވެވޭ ފަރާތްތަކުގެ ބަދަލުގައި ގުރުނަގާނީ އިދާރީ މޭޒުންނެވެ.
އަދި ދަންނަވަމެވެ. ގުރުއަތުން ގޮޅި ލިބޭ ފަރާތްތަކުގެ ތެރެއިން މިހާރު މާލެ ސިޓީގައި ތިއްބެވި ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހާޞިރުވާން ޖެހޭ ގަޑިއާއި ތަން މާލެ ސިޓީ ކައުންސިލުން އަންގާ ތާރީޚުން ފެށިގެން 05 ދުވަހުގެ ތެރޭގައި މާލެސިޓީ ކައުންސިލަށް ދުރުވެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށާއި، މާލެ ސިޓީން ބޭރުގައި މިވަގުތު ތިއްބެވި ފަރާތްތަކުންވެސް އެފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހާޞިރުވުމަށް އަންގާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ދުރުވެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ޚާޟިރުނުވާ ފަރާތްތަކުގެ ގޮޅި ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މި އިޢުލާނާއިއެކު ގުރުއަތަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހިމެނިފައިވާނެއެވެ. މިލިސްޓާއިމެދު ޝަކުވާއެއްވާނަމަ މިއަދުން ފެށިގެން ރަސްމީ ބަންދުނޫން 02 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހެޅުމަށް މެއިލް ކުރައްވާނީ ވިލިމާލެ ސެކްޝަންގެ އީމެއިލް : [email protected] އަށެވެ.