އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އިލެކްޓްރިކަލް ކޮންސަލްޓެންޓެއް ހޯދުމަށް

މި ހޮސްޕިޓަލުގައި މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާ ގުޅިގެން، 1މެގަރވޯޓަށްވުރެ މަތީގެ ޕަވަރ ސްޓޭޝަނެއް ސަރޓިފައި ކުރުމަށް (ABCDEFG ކެޓަގަރީގެ) އިލެކްޓްރިކަލް ކޮންސަލްޓެންޓެއް ހޯދުމަށް 25 ސެޕްޓެންބަރު 2014ގައި ކޮށްފައިވާ ނަންބަރު IU/PR/2014/64-ފ137 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ތަރުޙީބުލިބިފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސް ހޯލް

11:00

27 އޮކްޓޫބަރު 2014 (ހޯމަ)

މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

11:00 

30 އޮކްޓޫބަރު 2014 (ބުރާސްފަތި)

އަންދާސީހިސާބު ހުށަހެޅުއްވުމަށް

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014
ހޯދާ