ދިވެހިރާއްޖެ
ސުރުހީގައި ދަންނަވާފައިވާ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް 2022 ސެޕްޓެމްބަރ 01 ވާ ބުރާސްފަތި ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށް ހުޅުވާލެވިފައިވާކަން އަންގަމެވެ.
ވީމާ، މިކަމަށް އެދި ހުށަހަޅާ ފޯމް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 13:30 ށް މިކައުންސިލާއި، ފެނަކަ ކޯޕަރޭޝަން ދިޔަމިގިލީ ބުރާންޗުން ލިބެންހުންނާނެއެވެ. އަދި ފޯމް ބަލައިގަތުން ކުރިއަށްދާނީ މިކައުންސިލްގައެވެ.
އަދިދަންވަމެވެ. މަޢުލޫމަތު ފުރިހަމަނުވާ ފޯމްތަކާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަނުވާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ. މި އިޢުލާނާއެކު "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ޤަވާޢިދު ނަންބަރު: 2022/R-90 ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
4 ޞަފަރު 1444