މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނަސީބު 2" ނަމަކަށްކިޔާ ދޯނީގެ ވެރިފަރާތް ހޯދުމާއިގުޅޭ

އިޢުލާން

"ނަސީބު 2" ނަމަކަށްކިޔާ ދޯނީގެ ވެރިފަރާތް ހޯދުމާއިގުޅޭ

ޤާނޫނު ނަންބަރު: 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ގެ 56.2 ވަނަ މާއްދާގެ (ހ) ގައި " ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެއް" ކަމަށް ބަޔާންކޮށްފައިވެއެވެ. ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މިރަށު އިރުމަތީ ބަނދަރު ގައި އޮތް ދޯނީގެ ރަޖިސްޓްރީ ނަންބަރު P9783A-01 02-0 ( ނަސީބު 2 ) ނަމަކަށް ކިޔާ ދޯނީގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

ހަވާލާ ދެވިފައިވާ ދޯނި އޮތް ސަރަޙައްދަކީ އޮޑިދޯނިފަހަރު އެހެލާ ބާލާ މަރާމާތުކުރުމަށް ބޭނުންކުރާ ސަރަޙައްދަކަށްވާތީ އެސަރަޙައްދުގައި ގިނަ ދުވަސްތަކެއްވަންދެން އެދޯނި މަރާމާތު ކުރުމެއްނެތި އޮވެ ފީވެ ހަލާކުވަމުންދާތީ އާއި ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ލިބެމުންދާތީ، އެ ދޯނި ވީހާވެސް އަވަހަކަށް އެސަރަޙައްދުން ނެގުމަށް ބޭނުންވެއެވެ.  

ވީމާ، މިދޯނީގެ ވެރިފަރާތެއްވާނަމަ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ދޯނީގެ ވެރިފަރާތެއްގެ މައުލޫމާތު މިއިދާރާއަށް އަންގާފައިނުވާނަމަ، ވެރިފަރާތެއް ނެތް އުޅަނދެއް ކަމަށްބަލައި، ޤަވާޢިދު ނަންބަރު 2013/R-750 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު، ރ. މާކުރަތު ) ވާގޮތުގެ މަތިން ދޯންޏާއިމެދު ޢަމަލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ޞަފަރު 1444

31 އޮގަސްޓް 2022
ހޯދާ