ދިވެހިރާއްޖެ
ކައުންސިލުން ދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، މަސްޖިދުލް ތަޒްކިރާގެ ގޯތިތެރޭގައި ބޯފެން ތާނގިތައް ބެހެއްޓޭނެ އިމާރާތް އަޅައި، މި ކައުންސިލް އިދާރާއާ އިންވެގެން ބެހެއްޓިފައިހުރި ބޯފެން ތާނގިތައް މަސްޖިދުލް ތަޒްކިރާގެ ގޯތިތެރެއަށް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 07 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރަޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.
ބިޑް ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/CLeskU6Lf4
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ.
މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.