ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދ.ކުޑަހުވަދޫން ބަންޑާރަ ގޯތި ދޫކުރުން

  • ދިރިއުޅުމަށްޓަކައި ކުޑަހުވަދޫން ބަންޑާރަގޯތި ދޫކުރުން

          މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެންގުމުން، ގޯތިދޫކުރުމުގެ ގައިޑްލައިންނަށް ގިނައިސްލާހްތަކެއް ގެނެވިފައިވާތީ، ކުޑަހުވަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް 2021 މާރޗް 24 ވަނަ  ދުވަހު ކޮށްފައިވާ މިއިދާރާގެ ނަންބަރު:B-381/IUL-2021/16 ގެ އެއިޢުލާނާއި، އެއިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ  ފޯމްތައް ބާޠިލްކޮށްފީމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 28 އޯގަސްޓް 2022 ގައި، ކުޑަހުވަދޫން ގޯތިދޫކުރުމަށް ދީފައިވާ ހުއްދައާއި އެއްގޮތަށް ގޯތިދޫކުރުމަށް،  2022 އޯގަސްޓް 30 ވަނަ ދުވަހު ބޭއްވި ކުޑަހުވަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ 26 ވަނަ ޢާއްމުޖަލްސާއިން ފާސްކޮށްފައިވާ ގައިޑްލައިނާއި، އަދި މިބުރުގައި ގޯތިދޫކުރުމަށް، ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން، ދޫކުރާ 243 (ދުއިސައްތަ ސާޅީސް ތިނެއް) ބަންޑާރަ ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޝަތު، ޝައުޤުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ފޯމް ދޫކުރުން

  • ފޯމްދޫކުރާނީ 2022 ސެޕްޓެމްބަރ 04 ވަނަ ދުވަހުން ފެށިން 2022 އޮކްޓޯބަރ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީދުވަސްތަކުގައި ހެނދުނު 9:00 ން 14:00 އަށް ކައުންސިލްގެ އިދާރާއިން،

 

  • ސަރުކާރުގެ ގެޒެޓުންވެސް ފޯމް ޑައުންލޯޑް ކުރެވޭނެ،

ފޯމް ބަލައިގަތުން

  • ފޯމް ބަލައިގަތުން އޮންނާނީ 2022 ސެޕްޓެމްބަރ 10 ވަނަ ދުވަހުން ފެށިން 2022 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 22:00ށް
  • ފޯމް ބަލައިގަންނާނީ މިތާރީހުން ފެށިގެން ކޮންމެ ދުވަހެއްގެ 16:00 ން 18:00ށް އަދި ރޭގަނޑު 20:00 ން 22:00 ށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގގެ ގްރައުންޑް ފްލޯއިންނެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ؛

  • ކުޑަހުވަދޫން ބަންޑާރަ ގޯތި ދޫކުރުމުގެ ގައިޑްލައިން
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމް
  • ގޯތިދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓް
  • ފޯމްފުރާނޭ ގޮތުގެ އިރުޝާދު

އަދި ދަންނަވަމެވެ. ކުރިން ހުށަހަޅާފައިވާ ފޯމްތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ބޭނުންވާ ފަރާތްތަކަށް އެތަކެތި ފޯރުކޮށްދެވޭނެއެވެ.

30 އޮގަސްޓް 2022
ހޯދާ