ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން
އިޢުލާން
މިކޯޓުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް 2 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 އޮގަސްޓް 31 އިން ފެށިގެން 2022 ސެޕްޓެމްބަރ 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ސެޕްޓެމްބަރ 11 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ގދ. ގދ.ފަރެސްމާތޮޑާ
ފޯނު: 6840141
އީ-މެއިލް: [email protected]
ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
03 ޞަފަރު 1444
30 އޮގަސްޓް 2022
30 އޮގަސްޓް 2022
ހޯދާ