މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުފެންވަރުގައި ބާއްވާ ކައުންސިލްގެ 10 ވަނަ ޤުރްއާން މުބާރާތާއިބެހޭ

 

އިޢުލާން 

ރަށުފެންވަރުގައި ބާއްވާ ކައުންސިލްގެ 10 ވަނަ ޤުރްއާން މުބާރާތާއިބެހޭ

 

ދަރިވަރުންގެ ހިތުގައި ކީރިތި ޤުރުއާން ކިޔެވުމާމެދު ލޯބިޖެއްސުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރިއަށް ގެންދާ "ކައުންސިލް ޤުރުއާން މުބާރާތް" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 އޮކްޓޫބަރު 20، 21 ވާ ބުރާސްފަތި ، ހުކުރު މި ދެދުވަހެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ކުރިއަށް ގެންދެވޭނެ ބައިތައް ތިރީގައި ބަޔާންކުރަމެވެ.

  1. މުބާރާތުގައި ހިމެނެނީ ދެ ގޮއެއްޕެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮއެއްޕާއި ހިތުން ކިޔެވުމުގެ ގޮއެއްޕެވެ.

 

#

އުމުރުފުރާ

ބަލައިގެން ކިޔެވުމުގެ ގޮފި

ހިތުން ކިޔެވުމުގެ ގޮފި

1

04 އަހަރުން ދަށް

-

ބޭނުން ސޫރަތެއް

2

06 އަހަރުން ދަށް

ސޫރަތުލް އައުލާ އިން ފެށިގެން ސޫރަތުލް އަޞްރު އަށް

ސޫރަތުލް ޟުލާ އިން ފެށިގެން ސޫރަތުލް ނާސި އަށް

3

07 އަހަރުން ދަށް

ސޫރަތުލް ބްރޫޖް އިން ފެށިގެން ސޫރަތުލް ތީން އަށް

ސޫރަތުލް ބަލަދު އިން ފެށިގެން ސޫރަތުލް ކައުޘަރު އަށް

4

09 އަހަރުން ދަށް

ސޫރަތުލް އިންފިޠާރު އިން ފެށިގެން ސޫރަތުލް ޟުހާ އަށް

ސޫރަތުލް އިންޝިޤާޤް އިން ފެށިގެން ސޫރަތުލް ޢަލަޤު އަށް

5

11 އަހަރުން ދަށް

ސޫރަތުލް ނަބާ އިން ފެށިގެން ސޫރަތުލް ޝަމްސު އަށް

ސޫރަތުލް ތަކްވީރު އިން ފެށިގެން ސޫރަތުލް ލައިލި އަށް

6

13 އަހަރުން ދަށް

ސޫރަތުލް މުރުސަލާތު އިން ފެށިގެން ސޫރަތުލް ޠާރިޤު އަށް

ސޫރަތުލް ނަބާ އިން ފެށިގެން ސޫރަތުލް ބްރޫޖް އަށް

7

16 އަހަރުން ދަށް

29 ، 30 ވަނަ ފޮތް

ސޫރަތުލް މުއްޒައްމިލް އިން ފެށިގެން ސޫރަތުލް ތަކްވީރު އަށް

8

19 އަހަރުން ދަށް

28 ، 29 ، 30 ވަނަ ފޮތް

ސޫރަތުލް ޤަލަމް އިން ފެށިގެން ސޫރަތުލް މުރުސަލާތު އަށް

9

19 އަހަރުން މަތި

26 ، 27 ، 28 ، 29 ، 30 ވަނަ ފޮތް

28 ، 29 ، 30 ވަނަ ފޮތް

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:

ރަސްމާދޫގެ ރައްޔިތެއް ކަމުގައިވުން ނުވަތަ ރަސްމާދޫގައި ދިރިއުޅެމުންދާތާ 01 އަހަރަށްވުރެއް ގިނަ ދުވަސްވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން، ނުވަތަ ރަސްމާދޫގައި ހިންގާ ސްކޫލެއްގެ ދަރިވަރެއް ކަމުގައިވުން.

 

މުބާރާތުގައި އުމުރުފުރާ ބަލާނެގޮތް:

އުމުރުފުރާ ބަލާނީ 01 އޮކްޓޫބަރު 2022 އަށް ފުރިފައިވާ އުމުރަށެވެ.

 

މިމުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް 2022 އޮގަސްޓް 31 އިން ފެށިގެން 2022 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2022 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ހުށައެޅުމަށް ދަންނަވާލަމެވެ. މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.

       

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2022
ހޯދާ