ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކްގައި ހުރި ސްޓޭޖްގެ ހޮޅިތަކާއި ދޫނިކޮށީގެ ހޮޅިތަކުގެ ނީލަން ކިއުން.

ކުޑަކުދިންގެ ޕާކްގައި ހުރި ސްޓޭޖްގެ ހޮޅިތަކާއި ދޫނިކޮށީގެ ހޮޅިތަކުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

 

ނީލަން އޮންނަ ދުވަސް:

02 ސެޕްޓެމްބަރ 2022 ( ހުކުރު ) ދުވަހު

ގަޑި/ ތަން:

ހަވީރު : 16.30ގައި ( ކުޑަކުދިންގެ ޕާކްގައި )

ނީލަން ފެށޭއަގު ( ސްޓޭޖް ހޮޅިތައް )

500.00ރ

ނީލަން ފެށޭއަގު ( ދޫނިކޮށީގެ ހޮޅިތައް )

500.00ރ

 

މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

 

ނީލަމުން ނަންގަވާ ތަކެތި 04 ސެޕްޓެމްބަރ 2022 ދުވަހުގެ 18.00 ގެ ކުރިން ގެންދަވަން ވާނެއެވެ. އެމުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި ބޭނުންނެތީކަމުގައި ބަލައި، އުކައިލެވޭނެއެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 އޮގަސްޓް 2022
ހޯދާ