ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓާ ގުޅިގެން ބ ކިހާދޫގެ ކުނިމެނޭޖްކުރުމުގެމަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެ ދަށުން ޕިކަޕެއް މިކައުންސިލަށް ގަންނަން ބޭނުންވެއެވެ. ވީމާ ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރެވޭނީ މިކަމަށް މި އިދާރާއަށް ވަޑައިގެން، ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް އީމެއިލްއަށް ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލާއެކު ( ނަމާ އެޑްރެސް/ ފޯނު ނަންބަރު/ އީމެއިލް އެޑްރެސް/ އަޑީކާޑް ނަންބަރު، ވިޔަފާރި/ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ) ޢިއުލާން ނަންބަރާއެކު ހުށަހެޅުމުންނެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓްކުރވޭ ދުވަހުން ފެށިގެން 20 ސެޕްޓެމްބަރ 2022ވާ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުސަތު ދެވިގެން ނުދާނެވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން
މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބިޑު ސެކިއުރިޓީ
މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ''ބ.ކިހާދޫގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް ޕިކަޕެއް ހޯދުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި ފޯނު ނަންބަރ ސިޓީ އުރައިގެ ބޭރުން ފެންނަގޮތަށް ލިޔެފައި އޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 80 ދުވަސް އޮންނަންވާނެއެވެ.
ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 ސެޕްޓެމްބަރ 2022 ވާ ބުދަ ގެ ދުވަހު 11:00 އަށް މިކައުންސިލް އިދާރާއަށެވެ. އަދި ހުށަހެޅުނު ބީލަންތައް ކެނޑުން އޮންނާނީ ، 21 ސެޕްޓެމްބަރ 2022 ވާ ބުދަ ގެ ދުވަހު 11:05 ގައި ، ބިޑްހުށަހެޅި ފަރާތްތަކުގެ ތެރެއިން އެވަގުތު ޙާޟިރުވެ ތިއްބެވި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޙަޟިރުވެ ތިއްބެވި ބޭފުޅުންގެ ކުރިމަތީގައެވެ. އިދި ބީލަން ހުށަހެޅުމަށް ވެރިފަރާތްނޫން އެހެންފަރާތަކުން ހާޟިރުވާނަމަ ބަދަލުގައި މީހަކު ފޮނުވާކަމުގެ ސިޓީ އަކާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް[email protected]
ފޯން : 6600053
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސް މަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.
03 ޞަފަރު 1444ހ.
30 އޮގަސްޓް 2022މ.
ހުސައިން ޝާފިޢު
ކައުންސިލްގެ ރައީސް