ދިވެހިރާއްޖެ
ނަންބަރ:(IUL)419/419/2022/88
އިޢުލާން
20 އޮގަސްޓް 2014 ގައި ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން ރަޖިސްޓްރީ ހައްދާފައި ނުވާ ގޯތިތަކާއި ބެހޭ
ގދ.ގައްދޫ އިން އާންމުން ދިރިއުޅުމަށްޓަކައި 130 ބަންޑާރަ ގޯތި 20 އޮގަސްޓް 2014 ގައި ވަނީ ދޫކޮށްފައެވެ. ނަމަވެސް މިއަދާއި ހަމަޔަށް ވެސް ގިނައަދަދެއްގެ ގޯތި އެގޯތި ލިބިފައިވާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނުވާ ކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. މިކަން މިހެން ހުރުމުގެ ސަބަބުން އެ ސަރަހައްދު ސާފް ކުރުމަށާއި ލިބިފައިވާ ގޯތިތައް ވަކި ކުރުމަށް އުނދަގޫތަކެށް އަންނަނީ ކުރިމަތިވަމުންނެވެ. އެހެން ކަމުން ރަޖިސްޓްރީ ހައްދާފައިނުވާ ގޯތިތައް ލިބިފައިވާ ފަރާތްތަކަށް ގޯތީގެ އިންވަކިކޮށް 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް އަންގަމެވެ. އަދި އިސްވެބުނެވުނު ފަދައިން އަމަލުނުކުރާ ފަރާތްތަކަށް ޤާނޫނު ނަންބަރ 2002/1 ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ކައުންސިލްގެ އިތުރު ނިއްމުމެއް ނުވަތަ އެންގުމަކާއި ނުލައި އެ ގޯއްޗެއް ވަކިކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މަތީގައި ދެންނެވުނު ފަދައިން ރަޖިސްޓްރީ ކޮށްފައިނުވާ ގޯތިތައް 45 ( ސާޅީސް ފަހެއް) ދުވަހުގެ ރެރޭގައި ގޯތީގެ އިންވަކިކޮށް ރަޖިސްޓްރީ ހައްދަވާނިއްމެވުމަށް އަންގަމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
30 އޮގަސްޓް 2022
