ދިވެހިރާއްޖެ
މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| މަޤާމު: ޑްރައިވަރ-ކަމް- އެސިސްޓެންޓް | ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 | ރޭންކް: އެސް.އެސް 2 | |||
| މުސާރަ: 3480.00 ރުފިޔާ | ސަރވިސް އެލަވަންސް: 1000 ރުފިޔާ | ބޭނުންވާ އަދަދު: 1 | |||
| ސްޕެޝަލް އެލަވަންސް: މުސާރައިގެ %35 | ޑިވިޜަން: އެޑްމިނިސްޓްރޭޝަން | ||||
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު | 1- މިނިސްޓްރީގެ ވެހިކަލްތައް ދުއްވުމާއި ބެލެހެއްޓުން 
 2- އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން 
 | ||||
| ޝަރުޠު (ތަޢުލީމާއި ތަޖުރިބާ) 
 | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛ 1- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމަށް ބޭނުންވާ (ކާރު ދުއްވުމުގެ) ލައިސަންސް ހާސިލުކޮށްފައިވުން. | ||||
| ޢިނާޔަތް: | އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | ||||
| ވަޒީފާ އަދާކުރައްވަންޖެހޭ ތަން: | މިނިސްޓްރީ އޮފް ފޮރިން އެފެއާޒް | ||||
| އިންޓަރވިއު އޮންނާނެ މުއްދަތު | އިންޓަރވިއު އޮންނާނީ 09 -13 ނޮވެންބަރު 2014އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ. | ||||
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: | 04 ނޮވެންބަރު 2014 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ. | ||||
| ހުށަހަޅަންޖެހޭ ތަކެތި | 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ. 2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 3- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. 4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. 5- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު) | ||||
| ސަމާލުކަމަށް | އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަރވިއު ކުރުމަށްފަހު މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް އެކަން މިނިސްޓްރީން އަންގާނެއެވެ. | ||||
| އިތުރު މަޢުލޫމާތު | މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304177 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. | ||||
 
                    