މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ރަސްމާދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

ޢިޢުލާން

ރ.ރަސްމާދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މި ކައުންސިލްގެ ނަންބަރު: 306/306/2022/36(IUL) އިޢުލާން އާ ގުޅިގެން ހުށަހަޅާފައިވާ ލޯގޯއަށް، މާރކްސް ދެވޭ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ 3 ކަންތަކުން މުޅިއެކު ޖުމްލަ 75 މާރކްސް ލިބިފައިނުވާތީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލް އިދާރާގެ ސިއްކަ (ލޯގޯ) ފަރުމާކުރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ރަސްމާދޫގެ އެންމެހާ ރައްޔިތުންނަށް އަލުން ހުޅުވާލަމެވެ.

  1.  ލޯގޯ ކުރުމުގެ މަޤުސަދު:

1.1    ރ. ރަސްމާދޫ ކައުންސިލްގެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޙަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ލޯގޯ ފަރުމާކޮށް ބޭނުންކުރުން.

1.2       ރ.ރަސްމާދޫ ލޯގޯ އަކީ ވިޔަފާރިތަކުގައި ޙާއްސަކޮށް ކުޅިވަރުގަ އާއި ލޯކަލް ޓްއަރިޒަމްގެ ދާއިރާގައި އިސްތިހާރު ކުރުމަށް ބޭނުންކުރެވޭ ލޯގޯއެއް ގޮތުގައި ވެގެންދިއުން.

  1. ލޯގޯ ފަރުމާ ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް:                         

2.1           ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށް އަދި އެއްވެސް ފަރާތަކުން ބޭނުންކޮށްފައިވާ ލޯގޯއަކަށް ނުވުން.

2.2              ރަސްމާދޫ ރަމްޒުކޮށްދޭ ފަދަ އުފެއްދުންތެރި އަމިއްލަވަންތަ ލޯގޯއަކަށްވުން. (ރަސްމާދޫއަށް ޙާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.)

2.3              ލޯގޯ އިން ރަމްޒުކޮށްދެނީ ކޮންކަމެއްކަމާއި، ލޯގޯ ގައި ހިމެނޭ ކުލަތަކުން ރަމްޒުކޮށްދޭ މާނަ ހުށަހަޅައިފައިވުން. ލޯގޯ ފަރުމާކުރުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަންވާނީ "ޓީލް ބުލޫ" (Teal Blue) (RGB; R:75, G:200, B:210) (ކުލަ ކޯޑު 4BC8D2#)  މިކުލައިގެ އިތުރުން "ޓީލް ބުލޫ" އާއި ގުޅޭ އެހެން ކުލަ، ޑިޒައިން އާއި ގުޅޭނަމަ ބޭނުން ކުރެވިދާނެއެވެ.

2.4              ލޯގޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯ އަކަށް ވެގެން ނުވާނެއެވެ.

2.5              ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ، ލެޓަހެޑް، ބިޒްނަސް ކާޑް، ޔުނިފޯމް، ޓީޝާރޓް އަދި ދިދަ ފަދަ ތަކެތީގައިވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ.

2.6              ލޯގޯ އަކީ ލަކުޑި ނުވަތަ ފައިބަރު ފަދަ މަޢުދަނުގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ލޯގޯއަކަށް ވާންޖެހޭނެއެވެ.

2.7              ހުށަހަޅާ ލޯގޯ 20mm * 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެން ނުވާނެއެވެ.

2.8              ލޯގޯ ފަރުމާކުރާއިރު ކައުންސިލްގެ ނަން ލޯގޯ ގައި ބޭނުންކުރުން.

ދިވެހިބަހުން "ރަސްމާދޫ ކައުންސިލްގެ އިދާރާ" އަދި އިނގެރޭސި ބަހުން “Rasmaadhoo Council”

2.9              ލޯގޯ ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ފޮންޓާއި ފޮންޓްސައިޒް ހުށަހަޅަންވާނެއެވެ.

2.10       ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.

 

  1.  ލޯގޯ ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓްއާއި ތަކެތި:

3.1             ލޯގޯގެ PNG, PSD އަދި JPGE ފައިލް ހުށަހަޅަންވާނެއެވެ.

3.2             ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ ފައިލް ފޯމެޓް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.

3.3             ލޯގޯ ހައި- ރިޒޮލިއުޝަންގެ ސޮފްޓު ހުށަހަޅަންވާނެއެވެ.

3.4             ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް  ލިބިފައިވާ ފަރާތެއްކަމަށާއި އަދި ލޯގޯ އެއްވަނައަށް ގޮސްފިނަމަ އެ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ރ.ރަސްމާދޫ ކައުންސިލަށް ހަވާލުކުރުމާމެދު އެއްވެސް އިއުތިރާޟެއް ނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ.

3.5             ލޯގޯ ހުށަހަޅާ ފަރާތުގެ ނަން، އައިޑީ ކާޑުގެ ކޮޕީ، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު ސިޓީގައި ބަޔާންކޮށްފައިވުން.

 

  1.  ލޯގޯ އަށް ވަނަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

4.1             ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.

4.2             ލޯގޯ ފަރުމާތަކަށް އިންސާފްކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.

4.3             ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.

4.4             ރ.ރަސްމާދޫ ރަމްޒުކޮށްދޭ މިންވަރު.

 

  1. އެއްވަނަ އަށް ހޮވާ ލޯގޯގެ އިނާމް:

5.1            އެއްވަނައަށް ހޮވޭ ލޯގޯއަކަށް: 2,000.00ރ (ދެހާސް ރުފިޔާ) ފައިސާގެ އިނާމްގެ ގޮތުގައި ދެވޭނެއެވެ.

 

  1.  ލޯގޯ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:

6.1             ބްރޭންޑް ގައިޑްލައިންގެ ސޮފްޓްކޮޕީ ހުށަހަޅަންވާނެއެވެ.

6.2             ލޯގޯ ހުށަހަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގުރާރެއް ހުށަހަޅަންވާނެއެވެ.

6.3             ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑުގެ ސްކޭން ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާއެކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

6.4             މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯ ސްފްޓް ކޮޕީ, އިއުތިރާޟެއް ނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް 2022 ސެޕްޓެންބަރު 25 ވާ އާދިއްތަ ދުވަހުގެ 11:00ގެ ކުރިން ހުށަހަޅާނީ ތިރީގައިމިވާ އީމެއިލްއަށެވެ. ([email protected])

6.5             އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 7666536.

 

  1. މާރކްސް ދެވޭ މިންގަނޑުތައް:
  1. ރަމްޒުކޮށްދިނުން %50
  2. ފަރުމާކުރުމުގެ ފުރިހަމަކަމަށް %30
  3. ކުލަތައް ހިޔާރުކުރުމުގެ ފުރިހަމަކަމަށް %20

 

ނޯޓް: 1 ވަނަ އަށް ހޮވޭ ލޯގޯއަށް މާރކްސް ދެވޭ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ 3 ކަންތަކުން މުޅިއެކު ޖުމްލަ 75 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2022
ހޯދާ