ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
| 
 ބޭނުންވާ ދާއިރާ/ޔުނިޓް  | 
 ބޭނުންވާ އަދަދު  | 
 އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން  | 
||
| 
 އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ޅ. މާފިލާފުށި ޕޯސްޓް  | 
 3  | 
 ޅ. މާފިލާފުށި  | 
||
| 
 މަޤާމު:  | 
 މަސައްކަތު (ސަޕޯޓް ސްޓާފް ގްރޭޑް 2)  | 
 
  | 
||
| 
 މުސާރަ:  | 
 (މަހަކު) -/3470 ރުފިޔާ  | 
 
  | 
||
| 
 ސަރވިސް އެލަވަންސް:  | 
 (މަހަކު) -/1000 ރުފިޔާ  | 
 
  | 
||
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
|||
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން  | 
|||
| 
 ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު  | 
 ސިފައިންގެ މަރުކަޒުތައް ހިމެނޭ ޞަރަހައްދު ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ގަސްތަކަށް ފެންދީ ހައްދައި ބެލެހެއްޓުމާއި އަދި ސިފައިންކުރާ މަސައްކަތްތަކުގައި އެހީތެރިވުން.  | 
|||
| 
 އިތުރު މަޢުލޫމާތު:  | 
 މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ޅ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3322601 އެކްސްޓެންޝަން ނަންބަރު 3157 ފޯނާ ގުޅުއްވުން އެދެމެވެ.  | 
|||
