ދިވެހިރާއްޖެ
މާލެއަތޮޅު ކާށިދޫގެ ލޭންޑް ޔޫޒް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)330-B/330/2022/35 (14 އެޕްރީލު 2022) އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
އެހެންކަމުން މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން މާލެއަތޮޅު ކާށިދޫގެ ބިމާއި ފަޅު ހިމެނޭގޮތަށް ކާށިދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ. ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރުމަށްފަހު 05 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ ކޮންމެ ފަރާތަކުން ވެސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/300 (ތިން ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ވެސް ރެޖިސްޓްރީކުރެވިފައި ވާކަން އަންގައިދޭ ލިޔުމެއް ދޫކުރެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 08 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ.
މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.