ދިވެހިރާއްޖެ
އިޢުލާނު
ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ވިޔަފާރީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އިންކިއުބޭޝަން ފެސިލިޓީގެ ކޮންސެޕްޓް ޑިޒައިން އަދި ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ) |
ބުރާސްފަތި |
08 ސެޕްޓެންބަރު 2022 |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ) |
ބުރާސްފަތި |
15 ސެޕްޓެންބަރު 2022 |
10:00 |
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.
30 އޮގަސްޓު 2022