ދިވެހިރާއްޖެ
މި އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް މިރަށު ފުޓްސަލް ދަނޑުގައި ރޯސްޓުރަމަކާއި 2 ލައިޓު ޕޯސްޓު އަދި އިތުރު ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ކަނޑައެޅިފައިވާ މުހިއްމު ތާރީޚުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ތަފްޞީލް |
މުއްދަތު ހަމަވާ ތާރީޚް |
ސުންގަޑި |
މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށާއި ބިޑު ހުށަހެޅުމަށް ރަޖިސްޓަރީކުރުން (29 އޮގަސްޓު 2022 އިން 04 ސެޕްޓެމްބަރ 2022 އަށް) |
04 ސެޕްޓެމްބަރ 2022 |
13:00 |
މަޢުލޫމާތު ސެޝަން |
05 ސެޕްޓެމްބަރ 2022 |
13:00 |
ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން |
08 ސެޕްޓެމްބަރ 2022 |
13:00 |
ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. މިކަމަށްއެދި ބިޑު ހުށަހެޅޭނީ މި އިދާރާގައި ރަޖިސްޓްރީކުރާ ވިޔަފާރި/ކުންފުނިތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވެލަށްވާ ފަރާތްތަކުން ކުންފުނީ/ވިޔަފާރީގެ ނަމާއި، ރަޖިސްޓަރީ ނަންބަރު، ކުންފުނި/ވިޔަފާރީގެ އީމެއިލް އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު 04 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ދެންނެވިފައިވާ މައުލޫމާތުތައް ހިއްސާކޮށްދެއްވު އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.