ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމަށާއި އިނާމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން
މިކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތް 2022 ސެޕްޓެންބަރު 21 އިން 25 އަށް މިރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުބާރާތް ސްޕޮންސަރ ކުރުމަށާއި ވަނަތަކަށް އިނާމު ހުށަހެޅުމަށް ބޭނުންވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމުބާރާތް ސްޕޮންސަރ ކުރުމަށް ނުވަތަ އިނާމު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
29 އޮގަސްޓް 2022
ހޯދާ