ދިވެހިރާއްޖެ
ނަންބަރ: (IUL)MMPRC-PRO/1/2022/61
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ތަފާތު ކޮންޓެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 5 ސެޕްޓެމްބަރ 2022 ވާ (ހޯމަ) ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުން އެދެމެވެ. އަދި 12 ސެޕްޓެމްބަރ 2022 ވާ (ހޯމަ) ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
02 ޞަފަރު 1443
29 އޮގަސްޓް 2022