ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލްކުރުން (މަސްވަރާ ބައްދަލްވުން )
އިޢުލާން
ރައްޔިތުންނާއި ބައްދަލްކުރުން
ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ޖުލައި މަހު ބާއްވަން ޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލްވުން، 30 އޮގަސްޓް 2022ވާ އަންގާރަ ދުވަހުގެ ރޭ 20:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.
މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
- 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް
- 2023 ވަނަ އަހަރަށް އެކުލަވާލާ މަސައްކަތު ތާވަލު
- ކައުންސިލުން މިހާރު ކުރިއަށް ގެންދާ މަސައްކަތް ތަކުގެ ތަފްސީލު
- ތަރައްޤީ ޕުލޭނަށް ސިފައަންނަމުން ދާގޮތް 2022-2026
- 2022މަސައްކަތު ތާވަލްގައި ހުރި މަސައްކަތްތަށް ކުރިއަށް ދާ މިންވަރު
- ކައުންސިލުން ކުރިއަށްދާ ކަންކަމުގައި މަސްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދުން
- ރައްޔިތުންގެ ހިޔާލު (ރަށުގެ ތަރައްޤީގެ ކަންކަމުގައި )
ވީމާ، މި ބައްދަލްވުމުގައި ކުނަހަންދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ ދެއްވުން އެދެމެވެ. އަދި ކައުންސިލްގެ ހިންގުން ކުރިއަށް ގެންދިއުމަށް ހިޔާލެއް މަސްވަރާއެއް ވާކަމުގައި ވާނަމަ ބައްދަލްވުމުގައި ހިއްސާކޮއްދެއްވުން އެދެމެވެ.
29 އޮގަސްޓް 2022
ހޯދާ