ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/60 :ނަންބަރ
މި ކޯޕަރޭޝަނުން 2023 ވަނައަހަރު ބޭއްވުމަށް ރާވައިފައިވާ "ޓްރެވަލް ރައިޓަރސް ކޮންފަރެންސް 2023" އަށް ތައްޔާރުވުމުގެ ގޮތުން ތިރީގައި މި ދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެގެން ކުރެވުނެ އިއުލާން IUL)MMPRC-PRO/MMPRC/2022/37) ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
1. ބްރޭންޑިންގް ގެ މަސައްކަތް
2. ވެބްސައިޓް ތައްޔާރުކުރުން
3. ޕްރޮމޯޝަނަލް މެޓީރިއަލް ޑިޒައިންކޮށް ތައްޔާރުކުރުން
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެންބަރ 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ސެޕްޓެންބަރ 26 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
01 ޞަފަރް 1444
29 އޯގަސްޓް 2022