ދިވެހިރާއްޖެ
އިޢުލާން
ރޯޝަނީ ބިލްޑިންގއާއި ހެލްތު ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިނގަމުންދާ އިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ހ. ކުއްޅަވައްމާގެ އާގެ ގުދަން އަދި ހ. ރެއާލް އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމް ކޮންމެ މަހަކު އެއްފަހަރު އެއް އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)23-AP/23/2022/304 (22 ޖޫން 2022) އިޢުލާނާއި ގުޅިގެން މަސައްކަތުގެ ސްކޯޕް ބަދަލުކުރުމަށް ބޭނުންވާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 އޮގަސްޓް 2022 ވާ ހޯމަ ދުވަހުން ފެށިގެން 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
02 ޞަފަރު 1444
