ދިވެހިރާއްޖެ
ވިޔަފާރި ބިންތައް ދޫކުރުމާއި ބެހޭ.
މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 10 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ބިމުގެ ކެޓަގަރީ
ތަފްސީލް |
ބިމުގެ އަދަދު |
ބިމުގެ ބޮޑުމިން |
(1) ސައިހޮޓާ ނުވަތަ ރީޓެއިލް ވިޔަފާރި |
03 |
1500 އަކަފޫޓު |
މާކުސް ދެވޭ މިންގަނޑު:
# |
ތަފްސީލް |
މާކުސް |
1 |
އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް. މިގޮތުން އަގު ހުށަހަޅަންވާނީ ކޮންމެ ބިމެއް ވަކިވަކިންނެވެ. (މާކުސްދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑުކޮށް ކުއްޔަކީ ބެންޗް މާކްކަމުގައި ބަލައިގެންނެވެ.) |
50 |
2 |
ޕްރޮޖެކްޓް ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތްދޭން ހުށަހަޅާ އަވަސް މުއްދަތު (މާކުސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އަވަސް މުއްދަތަކީ ބެންޗް މާކް ކަމުގައި ބަލައިގެންނެވެ.) |
20 |
3 |
އިޖްތިމާއީ ފައިދާއަށް ކޮށްދޭނެ ކަންކަމަށް (މާކުސްދެވޭނީ އިޖްތިމާއީ ފައިދާއަށް އެންމެ ރަގަނޅަށް ހުށަހަޅާ ފަރާތަކަށް އެންމެ މަތިން މާކުސް ލިބޭނެ ގޮތަކަށެވެ.) |
20 |
4 |
މާލީ ޤާބިލުކަމަށް (މާކުސް ދޭނީ ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ 3 މަސްދުވަހުގެ ބެންކް ސްޓޭޓްމަންޓަށް ބަލައިގެންނެވެ. ކޮންމެ މަހެއްގެ މަސްނިމޭ ބެލެންސް އެވްރެޖް ހޯދުމަށްފަހު، އެންމެ ބޮޑު އަދަދަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.) |
10 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހު 13:00 ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ބިމަކަށް ވަކިންނެވެ.
އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް
- ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވެރިފަރާތުން ނޫން މީހަކަ ލައްވާ އަގު ހުށަހަޅާނަމަ ވެރިފަރާތުގެ ސިޓީއާއިއެކު ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ.
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.