| 
   
ވަޒީފާގެ ފުރުޞަތު 
 | 
 ނަންބަރު: 16/(IUL)95-A/1/2022 
 | 
| 
 ތާރީޚް: 29 އޮގަސްޓް 2022 
 | 
| 
 މަޤާމް:        
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
 ރޭންކް: GS3 
 | 
| 
 ކޯޓް / ސެކްޝަން 
 | 
 ދިވެހިރާއްޖޭގެ ހައިކޯޓު (ރަޖިސްޓްރޭޝަން) 
 | 
 ބޭނުންވާ ޢަދަދު: 01 
 | 
| 
 މުސާރައާއި ޢިނާޔަތްތައް 
 | 
| 
 އަސާސީ މުސާރަ 
 | 
 -/4465 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް                 
 | 
 -/1500 ރުފިޔާ 
 | 
| 
 ލިވިންގ އެލަވަންސް 
 | 
 -/2850 ރުފިޔާ 
 | 
 ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45) 
 | 
 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ. 
 | 
| 
 މަޤާމުގެ  ޝަރުތު: 
 | 
 1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ 
  
- 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 
 
  
 | 
| 
 މަޤާމުގެ މައިގަނޑު         
މަސްއޫލިއްޔަތު: 
 | 
- ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރެޖިސްޓްރީ ބެލެހެއްޓުމުގައި އެހީތެރިވުން.
 
- ޙައިކޯޓުގެ ނިންމުންތަކުގެ ރެޖިސްޓަރީ ބެލެހެއްޓުމުގައި އެހީތެރިވުން.
 
- ވަކީލުންގެ ހުއްދަ ތައްޔާރުކޮށް ދޫކުރުމުގަޔާއި، ވަކީލުންގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
 
- މައްސަލަތަކާއި ގުޅިގެން އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން
 
- މައްސަލަތަކާ ގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ އާއި މެސެޖްފަދަ ތަކެތި ލިޔެފޮނުވުން.
 
- ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުމުގައި އެހީތެރިވުން.
 
- ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާލިޔުމުގައި އެހީތެރިވުން.
 
- ރެޖިސްޓްރޭޝަން ސެކްޝަންގެ މަސައްކަތާއި ގުޅިގެން މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާއެކު މުޢާމަލާތްކުރުން.
 
- ސެކްޝަންގެ އެންޓްރީ ބަލައިގަތުމާއި އެންޓްރީތަކުގެ ސޮފްޓް އަދި ހާޑް ކޮޕީ ތައްޔާރުކޮށް ބެލެހެއްޓުން. މިގޮތުން ސެކްޝަނަށް ލިބޭ ލިއުންތަކާއި ޖަވާބު ދެވުނު ލިއުންތަކާއި ޖަވާބު ނުދެވިހުރި ލިއުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކުރުން
 
- ފައިލިން ސިސްޓަމާއި ސެކްޝަންގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
 
- ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ރަޖިސްޓްރޭޝަނުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން
 
- ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުމުގައި އެހީތެރިވެދިނުން.
 
- ހުށަހެޅޭ މައްސަލަތަކަށް ފައިލްތައްޔާރުކޮށް މައްސަލަތަކުގެ ރެކޯޑް ތަރުތީބުން ބެލެހެއްޓުމަށް އެހީތެރިވެދިނުން.
 
- އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދައި ފޮތް ހެދުމުގައި އެހީތެރިވެދިނުން.
 
- ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.
 
 
  
 | 
| 
 ތަޢުލީމީ ރޮނގު 
 | 
 އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް / މަޤާމާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ރޮނގުތައް 
 | 
| 
   
  
ގުޅޭ ވަޒީފާގެ ދާއިރާތައް 
 | 
 ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / މެނޭޖްމަންޓް 
 | 
| 
 ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި 
 | 
- ހައިކޯޓުން ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
 
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
 
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
 
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 
- ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
 
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
 
- 10.  ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ. (ހާޟިރީ ރިޕޯޓް، އެޕަރައިސަލް މާކްސް ހިމަނާފައި)
 
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
 
 
  
 | 
| 
 އިތުރު އިރުޝާދު 
 | 
- ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
 
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 
- މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.
 
 
  
 | 
| 
 ޕޮއިންޓް ދެވޭ ގޮތް 
 | 
 -       ލިބިފައިވާ ތަޢުލީމާއި ތަމްރީން %30 
-       ލިބިފައިވާ ތަޖުރިބާ  
-       މަސައްކަތަށް ބޭނުންވާ ހުނަރު  
-       ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50 
  
 | 
| 
 ސުންގަޑި  
 | 
 06 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓު (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ. އީމެއިލް ކުރަން ބޭނުން ނަމަ އީމެއިލް:  [email protected] އަށް އީމެއިލް ކުރުން. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
 
 
ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ. 
  
 |