ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ


ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

 ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ފުލްޓައިމްކޮށް ހިންގާ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް
 ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

 މާއްދާ:

  • އިންގްލިޝް ފޮރ އެޑްވާންސްޑް ސްޓަޑީޒް (ENG031)

މަސައްކަތް އޮންނަ ރަށް:

    ތިނަދޫ ކެމްޕަސް / ގދ.ތިނަދޫ

 މާއްދާ:

  • ރޯލް އޮފް ޓީޗަރ (EST003)

މަސައްކަތް އޮންނަ ރަށް:

   ހިތަދޫ ކެމްޕަސް / ސ.ހިތަދޫ

އުޖޫރަ:

 ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް   މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

 ޝަރުތު:

 މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި   2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 ސިޓީއާއެކު  ހުށަހަޅަންޖެހޭ

 ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 ސުންގަޑި: 2022 އޮގަސްޓް 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ   ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލިޔުންތައް ފޮނުއްވާނީ [email protected]އަށެވެ.
29 އޮގަސްޓް 2022
ހޯދާ