މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިޔަރ ރިސްކް އެނަލިސްޓް
ބޭނުންވާ އަދަދު :1

 މުސާރަ

 މަހަކު -/8،400 ރުފިޔާ

 އެހެނިހެން އިނާޔަތްތައް

 -/8،500ރ – -/9،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ   ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 އަސާސީ ޝަރުތު

- ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ނުވަތަ އެކައުންޓްސް ނުވަތަ ޕްރޮޖެކެޓް   މެނޭޖްމެންޓް ނުވަތަ ފައިނޭންސް ނުވަތަ އޮޑިޓިންގ ދާއިރާއަކުން މާސްޓަސް   ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން   04 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  ނުވަތަ

ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ނުވަތަ އެކައުންޓްސް ނުވަތަ ޕްރޮޖެކެޓް   މެނޭޖްމެންޓް ނުވަތަ ފައިނޭންސް ނުވަތަ އޮޑިޓިންގ ދާއިރާއަކުން ޑިގްރީއެއް   ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 06 އަހަރު   ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 މަޤާމު މައިގަނޑު މަސްޢޫލިއްޔަތު

- ކުންފުނީގެ ރިސްކް އެސެސްމަންޓް ރިޕޯޓް ތައްޔާރު ކުރުމާއި ރިސްކް   ރަޖިސްޓްރީ އަޕްޑޭޓް ކުރުން.

- ރިސްކް އެސެސްމަންޓް ހެދުމުގައި ބޭނުންވާ މައުލޫމާތު އެއްކުރުން.

- އެއްކޮށްފައިވާ މައުލޫމާތުތަކަކީ ޞައްހަ މައުލޫމާތުތޯ ބަލައި ކަށަވަރުކުރުން.

- ޑިޕާރޓްމަންޓްއިން ތައްޔާރުކުރާ ރިސްކް އެސެސްމަންޓް ފޮނުވަންޖެހޭ     ފަރާތްތަކަށް ލިބިއްޖެކަން ކަށަވަރުކުރުން.

- ރިސްކް އެސެސްމަންޓް ރިޕޯޓްތައް މަދުވެގެން 02 އަހަރު ދުވަސް ވަންދެން   ބެލެހެއްޓުން.

- ރިސްކްތަށް ކުރިމަތި ވެފައިވާ ފަރާތް ތަކަށް މައުލޫމާތު ފޯރުކޮށްދީ އިތުރަށް   އަޅަންޖެހޭ ފިޔަވަޅުގެ މައުލޫމާތު ފޯރިކޮށްދިނުން.

އަދި މިނޫނަސް އޮފީހުންނާއި ޑިޕާރޓްމަންޓުން ރާވާ އެކިއެކި ކަންތައްތަކާއި   ދިމާވާ ބޮޑެތި ކަންތައްތަކުގައި އެހީތެރިވުން.

 މަސައްކަތްކުރަންޖެހޭ ވަގުތު

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

 މަސައްކަތްކުރަންޖެހޭ ތަން

 ރިސްކް އެންޑް ކޮންޕްލަޔަންސް ޑިޕާޓްމަންޓް

 ސުންގަޑި

 2022 ސެޕްޓެމްބަރ 05 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ   ލިޔެކިޔުންތައް

 އިންޓަރވިއު މުއްދަތު

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ސެޕްޓެމްބަރ   15 އާއި 30 ދެމެދުގައެވެ.

 ހުށަހަޅަންޖެހޭ އޮފީސް

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން   ހުންނާނެއެވެ.  އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން   ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339    ފެކްސް: 3325293 އީމެއިލް: [email protected]

 އެޕްލިކޭޝަން ފޯމް:  http://bit.ly/3HhxpzQ

 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި   ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އެގޮތުން ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމް،   އަދި  [email protected] ފިޔަވައި އެމް.ޕީ.އެލް ގެ އެހެން އީމެއިލްތައް އަންނަ އެޕްލިކޭޝަން ފޯމްތައް ބާތިލް ކުރެވޭނެ   ވާހަކަ ދަންނަވަމެވެ.

28 އޮގަސްޓް 2022
ހޯދާ