ދިވެހިރާއްޖެ
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސަސްއާއި މިއިދާރާ ގުޅިގެން '' ކޯސްޓަލް ނެވިގޭޝަން ކޯސް – ލެވެލް 02'' މިރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯހަކީ ސަލާމަތީ ޤަވާޢިދުގެ ދަށުން ކެޓަރީ B,C,D ގެ ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކޯހެކެވެ. ލައިސަންސަށް އަލަށް އެދޭ ފަރާތްތަކާއި މިހާރު ވެސް ލައިސަންސް އޮންނަ ފަރާތްތަކުގެ ލައިސަންސް އައުކުރުމަށްޓަކައި ނިޔަމި ކޯސް ސެޓްފިކެޓް 2 ފުރިހަމަ ކުރަންޖެހެއެވެ. މިކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލްކުރާ ފަރާތްތަކުން އިތުރު ތިޔަރީ ޓެސްޓެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ހަދާކަން ނުޖެހޭނެއެވެ. އަދި ކެޓަގަރީ A ގައި މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުންވެސް މިކޯސް ފުރިހަމަކުރުމުން ފުދޭނެއެވެ. ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ކޯހުގެ ނަން: ނިޔަމި ސެޓްފިކެޓް 2 (ކޯސްޓަލް ނެވިގޭޝަން ލެވެލް 2)
- ކޯހުގެ ފީ: ކޮންމެ ބައިވެރިއަކަށް 1,500.00(އެއްހާސް ފަސްސަތޭކަ) ރުފިޔާ
- ކޯހުގެ ބައިވެރިންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރު: ލިޔަން ކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނގުން.
- ކޯހުގެ މުއްދަތު: 30ގަޑިއިރު
- ކޯސް ބާއްވާ ތަން: ޅ.އަތޮޅު މަދަރުސާގެ އޭވީރޫމް
ވީމާ، މިކޯހުގައި ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 28 އޮގަސްޓް 2022 އިން 04 ސެޕްޓެމްބަރ 2022ވަނަ ދުވަހުގެ 14:00އަށެވެ. ބައިވެރިވުމަށާއި އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7417553 އަދި 7773649 އަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.