ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: މަސައްކަތު
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
ރޭންކް: އެސް.އެސް 1 (މަސައްކަތު)
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން
މުސާރަ: -/3100ރ
ސަރވިސް އެލަވަންސް: -/1000ރ
އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސެކްޝަންތަކުގެ، ފާޚާނާތައް ސާފުކުރުން
- ސްޓޮކަށް ގެނެވޭ ތަކެތި ސްޓޮކަށް ވެއްދުމާއި، ސްޓޮކުންނަގާ މުދާތައް ސެކްޝަންތަކާ ހަވާލުކުރުން
- ކޮންފަރެސް ރޫމް އަދި ސައިކޮޓަރި ސާފުކުރުން
- އޮފީހުން/ ސެކްޝަންތަކުން ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ނުވަތަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން
- މީޓިންގތަކަށް ކޮފީ/ސައި ތައްޔާރުކުން
- އޮފީހުގެ މެއިންޓެނަންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ، އަދި އިންޓަވިއު އިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.
އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، (09 – 13 ނޮވެންބަރު 2014) މި މުއްދަތު ތެރޭގައި އެންގޭނެއެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅަންވީ ތާރީޚު އަދި ސުންގަޑި:
- 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވަޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އނަގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ).
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 0411 333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3320011 އެވެ. މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާ ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ.
ނޯޓު: 24 އޮގަސްޓު 2014 ގައި ކުރެވުނު އިޢުލާނުގެ "މަޤާމުގެ ޝަރުޠު" އަށް އިސްލާޙު ގެނެވިފައިވާތީ، މި އިޢުލާން (ނަންބަރު: IUL)94-H/1/2014/34) ބާޠިލުވާނެކަމުގައި ދަންނަވަމެވެ.
22 ޛުލްޙިއްޖާ 1435