މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަގާމު: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކް: އީ. އެކްސް 3

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ޑިޕާޓްމަންޓް: ކޯޕަރޭޓް ސަރވިސަސް ޑިޕާޓްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލޭ ސިޓީކައުންސިލްގެ އިދާރާ، ބިއްލޫރިޖެހިގެ، މާލެ

މުސާރަ: މަހަކު -/11065 ރުފިޔާ

ސަރވިސް އެލެވެންސް: މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު: 1

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

2- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

3- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

4- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

5- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

6- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކޯޕަރޭޓް ޑިޕާޓްމަންޓުގެ އިދާރީ ހިންގުމާބެހޭ ސިޓީ ނޯޓް ފަދަ ތަކެތި ލިޔެ ސަރުކާރުގެ އޮފީސްތަކަށާއި ސެކްޝަންތަކަށް ފޮނުވުމާބެހޭ މަސައްކަތް ރާވައި ހިންގުން.

2- ސީނިޔަރ ސްޓާފް މީޓިންގތައް އެރޭންޖްކޮށް، މީޓިންތައް ޔައުމިއްޔާކޮށް، އެ ޔައުމިއްޔާތައް ސެކްޝަންތަކަށް ފޮނުވުމާބެހޭ މަސައްކަތް ރާވައި ހިންގުން.

3- އެކިއެކި ހަރަކާތްތައް ހިންގުމަށް ދޫކުރާ ސަރަހައްދުތައް ދޫކުރުމާބެހޭ މަސައްކަތް ރާވައި ހިންގުން.

4- ވަޒީފާގެ އެކިއެކި ކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެކަންކަމާ ގުޅިގެން އޮފީސްތަކަށް ލިޔަންޖެހޭ ސިޓީފަދަ ތަކެތި ލިޔެ، އެ ތަކެތި ފޮނުވުމާބެހޭ މަސައްކަތް ހިންގުން.

5- މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑްފައިލު ބެލެހެއްޓުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

6- ސެކްޝަންތަކުގެ މުވައްޒަފުންގެ ރެކޯޑް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ޓްރޭނިންގ ދިނުމާއި މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ހިންގުން.

7- އޮފީހުގެ އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ހިންގުން.

8- އޮފީހުގެ ބަޖެޓް އެކުލަވައިލުމާއި، ބަޖެޓް ސެކްޝަން ހިންގުމާބެހޭ މަސައްކަތް ރާވައި ހިނގާގޮތް ބެލެހެއްޓުން. 

9- މާލިއްޔަތު ޤަވާއިދާއި އޯޑިޓް ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ޕްރޮކިއުމަންޓުގެ މަސައްކަތްތައް ހިނގާގޮތް ބެލެހެއްޓުން.

10- މި އޮފީހުގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަންގަވާ އުސޫލެއްގެމަތިން އެހެން ސެކްޝަންތަކުގެ އިދާރީ ހިންގުމާބެހޭ މަސައްކަތް ހިންގުން.

 އުޖޫރައާއި ޢިނާޔަތްތައް:                

  • ސިވިލް ސަރވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލެވެންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ އެކްރެޑިޓްކުރުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު އެޓެޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި)
  • ސިވިލް ސަރވިސްގެ ވަޒީފާއެއްގައިހުރި މުވައްޒަފެއްނަމަ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާފޯމް" ހުށަހަޅަންވާނެއެވެ.
  • ސިވލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ)

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
  • މަސައްކަތުގެ ދާއިރާގައިއުޅެ ތަޖުރިބާ ލިބިފައިވާ، ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން: 

2014 އޮކްޓޫބަރު 28 ވާ އަންގާރަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން، މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމް މިއޮފީހުގެ www.malecity.gov.mv  ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ވަޒީފާއާ ބެހޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7989840 / 3323902 އަށެވެ.

އިންޓަރވިއު އޮންނަ ދުވަހާއި ތަން:

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް 2014 ނޮވެންބަރު 19 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅާނެއެވެ.  އިންޓަވިއު ކުރިޔަށްދާނީ، މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ހޯލްގެ 3 ވަނަ ފަންގިފިލާގައެވެ.

ޢެޑްމިނިސްޓްރޭޓިވް އޮފިސަރ

މަގާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ.އެސް  4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ސެކްޝަން: ކޯޕަރޭޓް ސަރވިސަސް/ވިލިނގިލި ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލޭ ސިޓީކައުންސިލްގެ އިދާރާ/ވިލިނގިލި

މުސާރަ: މަހަކު 5020.00 ރުފިޔާ

ސަރވިސް އެލެވެންސް: މަހަކު 1500.00 ރުފިޔާ

ބޭނުންވާ އަދަދު: 1          

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުން. ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފާވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހާޒިރީ، އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަހުގެ ހާޒިރީ ހަދައި ބެލެހެއްޓުން.
  2. އިދާރީގޮތުން ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމުން.
  3. މަސައްކަތަށް ބޭނުންވާ ތަކެއްޗަށް އެދުން.
  4. ހާޒިރީއާއި، އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަހުގެ ރިޕޯޓް ހެދުން.
  5. ވިލިނގިލީ ސެކްޝަނުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:                 

  • ސިވިލް ސަރވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ އެކްރެޑިޓްކުރުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު އެޓެޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި)
  • ސިވިލް ސަރވިސް ވަޒީފާއެއްގައިހުރި މުވައްޒަފެއްނަމަ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" ހުށަހަޅަންވާނެއެވެ.
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ)

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
  • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން: 

2014 އޮކްޓޫބަރު 28 ވާ އަންގާރަދުވަހުގެ މެންދުރު 14:30 ގެ ކުރިން މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމް މިއޮފީހުގެ www.malecity.gov.mv  ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7989840 / 3323902 އަށެވެ.

އިންޓަރވިއު އޮންނަ ދުވަހާއި ތަން:

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް 2014 ނޮވެންބަރު 10 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅާނެއެވެ. އިންޓަވިއު ކުރިޔަށްދާނީ، މަޖީދީ މަގުގައި ހުންނަ މާލޭ ސިޓީ ހޯލްގެ 3 ވަނަ ފަންގިފިލާގައެވެ.

22 ޛުލްޙިއްޖާ 1435

 

16 އޮކްޓޫބަރު 2014
ހޯދާ