މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން
މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ޗާރޓުގައި ވެލާމަގުގެ ހުޅަނގު ފަރާތުން ފާހަގަކުރެވިފައިވާ ބިން (170*135 ފޫޓްގެ ބިން ފެނުގެ ނިޒާމް ޤާއުމުކުރުމަށް އަޅާ އާރް.އޯ ޕްލާންޓް އެޅުމަށް) އަދި ވެލާމަގާ މިރިހިމަގު ގުޅޭކަމަތިން ފާހަގަކޮށްފައިވާ (105*170 ފޫޓުގެ ބިން ވޭސްޓް މެނޭޖުމެންޓް ކަލެކްޓިންގ ސެންޓަރ ޤާއިމުކުރުމަށް) ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ވުމާއެކު ބަޔާންކުރެވިފައިވާ ސަރަހައްދުތަކުގައި އެއްވެސް ފަރާތެއްގެ ރުއް، ގަސް ވާނަމަ، 05 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށް ލިޔުމުން އެކަން ޙިއްސާކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 އޮގަސްޓް 2022
ހޯދާ