ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ތިރީގައި މި ދަންނަވާ ރުއްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ފުނާޑު ޝައިނީގޯޅީގެ އުތުރުން ހިޔަލް ގޯއްޗާއި އިންވެގެން ހުޅަގުދެކުނުގައި އޮތް ހުސްބިމުގައި ހުރި ނަންބަރު 01 ޖަހާފައިވާ ދިވެހިރުއް
  • ފުނާޑު ޝައިނީގޯޅީގެ އުތުރުން ވައިޓްގޯލްޑް ގޯއްޗާއި އިންވެގެން ހުޅަގުދެކުނުގައި އޮތް ހުސްބިމުގައި ހުރި ނަންބަރު 02 ޖަހާފައިވާ ދިވެހިރުއް

 

ވީމާ މި ރުއްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ އެ ރުއްގަހުގެ މިލްކުވެރިކަން އެނގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރާތް) ހުށަހެޅުއްވުން އެދެމެވެ.   

25 އޮގަސްޓް 2022
ހޯދާ