މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސައިކޮލޮޖިސްޓް

                                    `                                                                                                                           

                                                                     

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް               

   މާލެ، ދިވެހިރާއްޖެ                                       

 

                              އިޢުލާން

       ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

ސައިކޮލޮޖިސްޓް

ބޭނުންވާ އަދަދު:

02

މަޤާމުގެ ޤިންތި:

ދާއިމީ

ރޭންކް:

ޗީފް ސިވިލް އޮފިސަރ (C6)

ކްލެސިފިކޭޝަން:

މެނޭޖީރިއަލް ސިވިލް އޮފިސަރސް

މުސާރަ:

މަހަކު -/8,420 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު -/3,789 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     

މާފުށި ޖަލު،  އައްސޭރި ޖަލު، ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:         

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 08 ނުވަތަ 09 ގެ ސަނަދެއް ސައިކޮލޮޖީ ދާއިރާއިން ހާސިލްކޮށްފައިވުން.
  2. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  3. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ޤައިދީން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ރިހެބިލިޓޭޓްކުރުމުގެ މަސައްކަތުގެ ތެރެއިން ނަފްސާނި އެހީތެރިކަން ފޯރުކޮށް ދިނުން،
  2. ޤައިދީންނާއި ބަންދުމީހުންގެ އެސެސްމަންޓް ހެދުމާއި ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށް ދިނުމާއި ރެކޯޑްސް ބެލެހެއްޓުން
  3. ތެރަޕީ ދޭންޖެހޭ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ދިނުމާއި އެފަރާތްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރުން.
  4. މި ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ދިނުމާއި އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުން
  5. އިދާރީ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ މަސައްކަތް ކުރުން.
  6. ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

 

މަޤާމާއި ގުޅޭ ދާއިރާ:

-        ސައިކޮލޮޖީ

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-        ސައިކޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ދާއިރާއާއި ގުޅޭ ތައުލީމް ޝަރުތު %50
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ 
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން %35

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

 

މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން  ވަޒީފާއަށް  އެދޭ ފޯމާއި ވަނަވަރު  އަދި  ލިޔެކިޔުންތަކާ އެކު  2022 ސެޕްޓެމްބަރ 06 ވާ އަންގާރަ ދުވަހު  15:00 ގެ ނިޔަލަށް

  [email protected] ނުވަތަ [email protected]

  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ސެޕްޓެމްބަރ 11 އާއި 25 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި މި ސަރވިސްއިންނެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.)

 

 

 

                                               

27 އޮގަސްޓް 2022
ހޯދާ