ދިވެހިރާއްޖެ
މި ކައުންސިލުގެ އިދާރާގެ ނަންބަރު A/IUL/344/2014/63 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، އއ.އަތޮޅު މަދަރުސާގައި ދެ ކުލާސްރޫމް އަޅާ ބިމުގައި ހުރި ދެ ބަނބުކެޔޮ ގަހާއި ތިން ރުއް ކަނޑައި، ބިން ސާފުކޮށް، އެބިމުގައި ދެ ކުލާސްރޫމް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް އެދޭ ފަރާތްތަކުން 29 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނީ
އަގަށް %70
މުއްދަތު % 10
މަސައްކަތުގެ ތަޖުރިބާ % 10
މާލީ ޤާބިލުކަން % 10
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ކުރާ އެއްވެސް މުޢާމަލާތެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.
އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ހާޒިރުވެލެއްވި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ގަޑީގައެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
20 ޛުލްޙިއްޖާ 1435