ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގައި ހަރުކޮށްފައި ހުރި އެއާރ ކޮންޑިޝަނަރތައް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުން
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި ހަރުކޮށްފައި ހުރި އެއާރ ކޮންޑިޝަންތައް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:
މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:
މިއިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ އެގާރ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ އެގާރ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 06 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.