މިރަށު ފުޓްސަލް ދަނޑުގައި ޖެހުމަށް 20 ލެޑްލައިޓް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރު (IUL)401-E/401/2022/176 (07 ޖުލައި 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މިކައުންސިލުން ދީފައިވާ މަޢުލޫމާތާއި ދިމާނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލްކޮށްފީމެވެ. އަދި މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މިމަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަން ހުށަހެޅުމަށްޓަކައި ރަޖިސްޓްރީވެ ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބީލަން ފޮތުގެ އަގަކީ -/150ރ އެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސްލިޕާއެކު ސަބްމިޓް ކުރާފަރާތްތަކެވެ.
- ބީލަމުގައި ރަޖިސްޓަރީ ވުމަށް: https://bit.ly/3TaAzvD
- ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2022 (ބުދަ) ދުވަހުގެ 14:00 އާއި ހަމައަށެވެ.
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 08 ސެޕްޓެމްބަރ 2022 (ބުރާސްފަތި) ދުވަހުގެ 13:30އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 08 ސެޕްޓެމްބަރ 2022 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|