މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ- މި އޮތޯރިޓީގެ ބައެއް ޑިޕާޓްމަންޓްތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

ހ.އޯކިޑު ބިލްޑިންގގައި ހިންގަމުންދާ މި އޮތޯރިޓީގެ ޑިޕާޓްމަންޓުތަކުގެ ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 02 އޮގަސްޓު 2022 ގައި ކުރެވުނު އިޢުލާން ނަންބަރު (IUL)220-AS/1/2022/64 އިން ހުށަހަޅައިފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާ އެކު ހިމަނައިފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް އަންދާސީހިސާބު ތައްޔާރުކުރުމަށްފަހު ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

-ޢިއުލާނުގައި ދެ ލޮޓް ހިމެނޭނެއެވެ. 

- ކޮންމެ ލޮޓަކަށް ވަކިން ކޯޓޭޝަން ހުށަޅަންވާނެއެވެ.

  ތާރީޚް ދުވަސް ވަގުތު
އަންދާސީހިސާބު ހުށަހެޅުން 30 އޮގަސްޓު 2022 އަންގާރަ 11:00

 މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3339513 ، 3339591 އަށް ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2022
ހޯދާ