ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިމަރުކަޒުގެ ނަންބަރު 60/A09-HC/2014ފ(IUL)ފ(02 ސެޕްޓެންބަރު 2014) އިޢުލާނާގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިމަރުކަޒުގެ މައިޖަންގްޝަން ހިއްކުމާއި، ޖަންގްޝަނާ ގުޅިފައިވާ ފެންހިންދާ ޖަންގްޝަންގެ ބަދަލުގައި މިހާރުހުރި ފެންހިންދާ ޖަންގްޝަނަށްވުރެ ކުޑަނުވާގޮތަށް އަލުން ފެންހިންދާ ޖަންގްޝަނެއް ހެދުން.
- ހުރިހާ ކުދިޖަންގްޝަންތަކާއި، ޖަންގްޝަންތަކާ ގުޅިފައިވާ ހޮޅިތައް ރަނގަޅަށް ސާފުކުރުން.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވަށަފަރު ޞިއްޙީމަރުކަޒުގެ މަރާމާތު މަސައްކަތަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރު 6500565 ފޯނާ ގުޅުއްވުން އެދެމެވެ.
21 ޛުލްޙިއްޖާ 1435