ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: (IUL)475/475/2022/134
އެކްސްޕްރެޝަން އޮފް އިންޓްރަސް ހުށަހެޅުމުގެ ދައުވަތު
ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑްސް ރިވިއުކޮށް އެއާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް ހެދުމުގެ މަސައްކަތްކޮށްދޭނޭ ކޮންސަލްޓިންގ ފާރމެއް/އިންސްޓީޓިއުޓެއް ހޯދުމަށް
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑްސް ރިވިއުކޮށް އެއާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް ހެދުމުގެ މަސައްކަތްކޮށްދޭނޭ ކޮންސަލްޓިންގ ފާރމެއް/އިންސްޓީޓިއުޓެއް ހޯދަން ބޭނުންވެއްޖެއެވެ.
ޓަރމްސް އޮފް ރެފަރަންސް:
މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް[email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތުގެ މުއްދަތަކީ 12 މަސް ދުވަސް އަދި މަދުވެގެން 7 މުވައްޒަފުން ބޭނުންވާނެއެވެ.
މަސައްކަތަށް ޝޯޓް ލިސްޓް ކުރުމުގައި ބަލާނީ އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި އަދި ސެލެކްޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށެވެ. ޝޯޓްލިސްޓް ކުރުމުގެ މަރްޙަލާގައި ހުށަހެޅޭ ތަޖުރިބާކާރުންގެ ފެންވަރު ވަޒަން ނުކުރާނެއެވެ.
މިމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން، މަޞްލަޙަތު ފުށުއެރުމާގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ސިޔާސަތު ބަޔާންކުރާ، 2016 ޖުލައިގައި ޝާޢިއުކޮށް، 2017 ނޮވެންބަރު އަދި އޯގަސްޓު 2018 ގައި އިޞްލާޙު ގެނެވިފައިވާ ޕްރޮކިޔުމަންޓް ޤަވާޢިދުގެ ތިންވަނަ ސެކްޝަންގެ 3.14، 3.16 އަދި 3.17 ވަނަ ޕެރެގްރާފްތަކަށް ސަމާލުކަން ދޭންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރުގެ އިތުރު ކުރުމަށްޓަކައި އިތުރު ބަޔަކާއި ބައިވެރިވެގެން ޝަޢުޤުވެރިކަން ފާޅުކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، ބައިވެރިވެގެން ހުށަހަޅާނަމަ، އެއީ، ޖޮއިންޓްވެންޗަރ އެއްތޯ، ނުވަތަ ސަބް-ކޮންސަލްޓެންސީއެއް ކަން އެނގޭ ގޮތަށް ހުށަހަޅަންވާނެއެވެ. އަދި ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި ހުށަހަޅާ ފަރާތަކުން މަސައްތަށް ހޮވިއްޖެނަމަ، އެފަރާތްތައް، އެކުގައި އަދި ވަކިވަކީން، މުޅި މަސައްކަތުގެ އެއްބަސްވުމަށް ޒިންމާކުރެވޭނެއެވެ.
ނޯޓް:މި ކޮންސަލްޓަންސީ އަށް ކުންފުންޏެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ ކޮންސަލްޓަންޓް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސެލެކްޝަން (ކިޔު.ސީ.ބީ.އެސް) އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.
މައުލޫމާތު ދިނުން:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 0900-1300 ގަޑިއާއި ދެމެދު ތިރީގައި ބަޔާންކުރެވިފައިވާ ނަމްބަރަށް ގުޅުއްވުން ނުވަތަ އީމެއިލް އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ތިރީގައި ބަޔާން ކުރެވިފައިވާ އެޑްރެސްއަށް/އީމެއިލް އަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
ފެން ބިލްޑިންގް، 4 ވަނަ ފަންގިފިލާ
ފޯން: 3026982/3026975
އީމެއިލް : [email protected]